އުފަންވިއިރުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ހަ ކުއްޖަކަށް ފަރުވާދެމުންދާ ކަަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު ރެއާ ހަމައަށް ރާއްޖެއިން 17،770 މީހަކު ކޮވިޑް ޖެހިފައި އެބަތިބި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެެ. ކޮވިޑްގެ އާ ވޭރިއަންޓާއެކު ކޮވިޑުގެ އިތުރު ރާޅެއް ރާއްޖެއަށް ކުރިމަތިވެފައިވާއިރު އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ފައިސަލް ވިދާޅުވީ، 12 ތުއްތު ކުއްޖަކަށް ކޮވިޑް ވޯޑްތަކުގައި ފަރުވާދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަ ކުއްޖަކީ އުފަންވިއިރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކުދިން ކަމަށެވެ. އޭގެ ތެރެއިން ދެ ކުއްޖަކަށް ފިޓް "ސީޒާސް" ޖެހިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 138،880 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ރާއްޖެއިން އެބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 277 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު