އައްޑޫ ސިޓީ ފޭދޫގެ ޗަސްބިންތައް ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހަވީރު ފޭދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފަައްޓަވައިދެއްވާފައިވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރެވެ.
ފޭދޫގައި އޮތް 14 ޗަސްބިމަކަށް ފަސް އަޅައިގެން ހިއްކާއިރު މި މަސައްކަތް ތިން މަސްތެރޭ ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގާ މަޝްރޫއެކެެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ފޭދޫގެ ޗަސްބިންތައް ހިއްކުމަށް ފުރަތަމަ ނިންމީ ކައުންސިލުގެ ބަޖެޓުން ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ. އޭގެފަހުން ސަރުކާރުން ދިން އެހީތެރިކަމާއެކު މި މަޝްރޫއު ކުރިއަށް ގެންދަނީ ކައުންސިލުގެ ބަޖެޓުން ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ދެން މިމަސައްކަތް ނިންމާލާނީ ރައްޔިތުން އެދޭ މިންވަރަށް ޗަސްބިންތަށް ހިއްކައި ފޭދޫގެ "މަދިރި ފެކްޓަރީތައް" ބަންދުކުރުމަށްފަހު ކަމަށް ނިހާދު ވަނީ ވިދާޅުވެފައެެވެ.
ފޭދޫގެ ޗަސްބިންތައް ހިއްކުމަކީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ކެމްޕޭނު ވައުދެކެެވެ.

އައްޑޫސިޓީ ފޭދޫގެ ޗަސްބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު pic.twitter.com/bPirwcRzGZ
— Addu City Council (@AdduCityCouncil) February 1, 2022
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ފޭދޫގެ ޗަސްބިންތައް ހިއްކުމަށް ފުރަތަމަ ނިންމީ ކައުންސިލުގެ ބަޖެޓުން ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ. އޭގެފަހުން ސަރުކާރުން ދިން އެހީތެރިކަމާއެކު މި މަޝްރޫއު ކުރިއަށް ގެންދަނީ ކައުންސިލުގެ ބަޖެޓުން ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ދެން މިމަސައްކަތް ނިންމާލާނީ ރައްޔިތުން އެދޭ މިންވަރަށް ޗަސްބިންތަށް ހިއްކައި ފޭދޫގެ "މަދިރި ފެކްޓަރީތައް" ބަންދުކުރުމަށްފަހު ކަމަށް ނިހާދު ވަނީ ވިދާޅުވެފައެެވެ.
ފޭދޫގެ ޗަސްބިންތައް ހިއްކުމަކީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ކެމްޕޭނު ވައުދެކެެވެ.
ކިޔުންތެރިންގެ ހިޔާލު