ރާއްޖޭގެ 12 އަހަރުން މަތީގެ ވެކްސިން ޖެހޭ އުމުރުފުރާގެ 80 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އދ.އާންމު މަޖިލީހުގެ ރައީސް، އަދި ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ އާންމު މަޖިލީހުގެ ރައީސް، އަދި ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވާ ކަަމަށެވެ. އެގޮތުން ޚާރިޖީ ގުޅުމުގެ ތެރެއިން ބައިނަލްއަގުވާމީ ފަރާތްތަކާއި ގައުމު ތަކުގެ އެހީތެރިކަމާއެކު މިހާތަނަށް ރާއްޖޭގެ 12 އަހަރުން މަތީގެ ވެކްސިން ޖެހޭ އުމުރުފުރާގެ 80 އިންސައްތަ ވެކްސިން ފުރިިހަމަކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެެވެ.
"ރާއްޖޭގައި ބޫސްޓާ ޑޯޒް ވެސް މިހާރު ޖަހަން ފަށައިފި، އެންމެން ގުޅިގެން މި ބަލިމަޑުކަމުން އަރައިގަނެވޭނެ." ޝާހިދު ވިދާޅުވިއެެވެ.
ރާއްޖޭގައި މިހާތަނަށް 369،000 މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެެވެ. މީގެ އިތުރުން 70،000 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައެވެ. ބޫސްޓާ ޑޯޒް ޖަހައިދެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ހަ މަސް ވެފައިވާ މީހުންނަށް އެކަންޏެެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަނީ ފައިޒާ ވެކްސިނެވެ.

One year ago #Maldives began #Covid19 vaccination
— Abdulla Shahid (@abdulla_shahid) February 1, 2022
With generous support of our bilateral &multilateral partners, including COVAX, over 80% of eligible pop. (+12 yrs), has received 2 doses &booster programme is ongoing. Together, we all can overcome this pandemic!#VaccineEquity pic.twitter.com/f1wSE7mNPY
"ރާއްޖޭގައި ބޫސްޓާ ޑޯޒް ވެސް މިހާރު ޖަހަން ފަށައިފި، އެންމެން ގުޅިގެން މި ބަލިމަޑުކަމުން އަރައިގަނެވޭނެ." ޝާހިދު ވިދާޅުވިއެެވެ.
ރާއްޖޭގައި މިހާތަނަށް 369،000 މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެެވެ. މީގެ އިތުރުން 70،000 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައެވެ. ބޫސްޓާ ޑޯޒް ޖަހައިދެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ހަ މަސް ވެފައިވާ މީހުންނަށް އެކަންޏެެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަނީ ފައިޒާ ވެކްސިނެވެ.
ކިޔުންތެރިންގެ ހިޔާލު