ދައުލަތުގެ ހުރިހާ ވަޒީފާ ތަކެއް ޕީޕީއެމް މެމްބަރުންނަށް ނުދޭނެ ކަމަށާއި، އެހެން ނަމަވެސް ރަށްރަށުގައި އުފެދޭ ވަޒީފާތައް ދޭނީ ޕީޕީއެމް މީހުންނަށް ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމިން މިރޭ ވިދާޅުވެެއްޖެއެވެ.
ޗެނަލް 13 އިން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް، އަބުދު ﷲ ޔާމިން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ރަށްރަށުގައި އުފެދޭ ވަޒީފާތައް ދޭނީ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި އުފެދެނީ ނިސްބަތުން ވަރަށް މަދު ވަޒީފާ ތަކެއް ކަމަށާއި، އެވަޒީފާތައް ޕީޕީއެމް މެމްބަރުންނަށް ޚާއްސަ ކުރަށްވާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ދައުލަތުގެ ހުރިހާ ވަޒީފާ ތަކަށް ޕީޕީއެމް މެމްބަރުން ނަގާ ވާހަކަ ނޫން ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.
ރައީސް ޔާމިން ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް ދިޔުމަށްޓަކައި ޕީޕީއެމް ކޯލިޝަން ހަދަން ނިންމައިފާނެ ކަމަށެވެ. އެހާލަތުގައިވެސް ރަށްރަށުގައި އުފެދޭ ވަޒީފާތައް ކޯލިޝަނަށް ނުދޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އެވަޒީފާތައް ޚާއްސަކުރާނީ ޕީޕީއެމް މެމްބަރުންނަށޭ އަޅުގަނޑު ދެންނެވީ، އެއީ ދައުލަތުގެ ހުރިހާ ވަޒީފާތަކުގެ ވާހަކައެއް ނޫން. ދެއްކީ ކޯލިޝަން ހަދައިގެން ކޯލިޝަންގެ ޕާޓްނަރުން ދައްކާ މީހަކަށެެއް ރަށްރަށުގައި އުފެދޭ ވަޒީފާތަކެއް ނުދޭނަމޭ. ޕީޕީއެމް މީހުންނަށޭ އެ ވަޒީފާތައް ހުންނާނީ. އެކަމަކު އެއީ މުޅި ދައުލަތުގެ ވަޒީފާތަކަށް ޕީޕީއެމް މެމްބަރުން ނަގާ ވާހަކައެއްނޫން." އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ރިޔާސީ ދައުރެެއް ފުރިހަމަ ކުރެއްވި ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމިން ވިދާޅުވީ މަގާމުތަކަށް ގާބިލް މީހުން ނަގާއިރު ޕާޓީގައި ހުރުން އެއީ ޝަރުތެއް ނޫން ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ޕީޕިއެމް ކެންޑިޑޭޓަށް ތާއިދުކުރަން އާއިލާއެއްގެ މީހަކު ނިކުތަސް މި ސަރުކާރުން އެ އާއިލާ އެއްގެ ވަޒީފާގައި ހުރި މީހަކު ވަޒީފާއިން ވަކިކުރާ ކަމަށާއި އެއީ އެފަރާތްތަކަށް ލިބޭ ގެއްލުމެއް ކަމަށެވެ. އިންތިޚާބާއި ދިމާކޮށް ފެނަކައިން 50 ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"ހަމަ އެމީހުންގެ ކުދިންނަށް ވަޒީފާ އެދެނީ މިއީ ރިޝްވަތު. މީ ގާނޫނާއި ޚިލާފު ކަންތައް މިކުރަނީ. އަޅުގަނޑުވެސް އެބަޖެހޭ އަޅުގަނޑަށް ތާއިދުކުރާ މީހުން ހިފަހައްޓަން." ރައީސް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު