2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ވަކިވަކި ފަރާތްތަކުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށްތައް ފާހަގަކޮށް އެކުށްތައް ތަހުގީގު ކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ޕްރޮސެކިއުޓަރު ޖެނެރަލަށް ހުށައަޅައިފިއެެެވެ.
ޕީޕިއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ގޮތަށް އެދުނީ ވަކިވަކި ފަރުދުން ހިންގާފައިވާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކަށް ވާތީވެ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލިބި ދެނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކަމަށް ވެފައި އެ މުއައްސަސާއިން އެކަންކަން ތަހުގީގު ކުރުމުގައި ލަސްތަކެއް ހުރުމުން ނުވަތަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ މައްސަލަތައް ބަލަމުން ދާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ކަމަށެވެ.
ރިޔާސީ އިންތިހާބާގުޅޭ 25 ކަމެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގު ކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ޕީޕީއެމުން ވަނީ ހުށައަޅާފައެެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެ މައްސަލަތައް ބެލުމުގައި އެއްވެސް ކަމެއް އެ މުއައްސަސާއިން ކޮށްފައިވާކަން އެނގެން ނެތް ކަމަށްވެސް ޕީޕިއެމުން ވަނީ ބުނެފައެެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަސްއޫލިއްޔަތު ތަކާއި ބާރު ތަކުގެ ތެރޭގައި، އެމާއްދާގެ (ޅ) ގައި 'ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މި ނޫން ގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި އެކަމެއް ތަހުގީގު ކުރުމުގެ އަމުރު ނެރުން ރަނގަޅު ކަމަށް ޕީޖީއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން' ހިމެނިފައިވާތީ ޕީޕީއެމުން ފުލުހަށް ހުށައަޅައި ތަހުގީގު ކުރިއަށް ނުދާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގެ އަމުރެއް ނެރެދެއްވަން އެދުނީ ކަމަށް ޕީޕިއެމުން ނެރުނު ބަޔާނުގައި ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު