އަހުމަދު މަސްނޫމް   2 ފެބްރުއަރީ 2022 - 15:9
ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ ބިދޭސީއެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 73 އަހަރުގެ ސްރީލަންކާގެ ފިރިހެނެއްކަމަށެެވެ. އަދި އޭނާ ނިޔާވީ ރޭ ދަންވަރު 3:04 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިއީ ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި 278 ވަނަ މީހާއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެވެސް ރާއްޖެއިން ވަނީ 2180 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 931 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 1249 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 63 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 811 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު މިހާރު އުޅެނީ 17،743 ގައެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 63 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު