ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ގާޑުންނާއި އެތަން ސާފުކުރާނެ މުވައްޒަފުން ނަގައިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެެވެ.
ހައުސިން ޑިވޮލްޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށާއި އެތަނުގެ ސާފުތާރިހުކަން ދެމެހެއްޓުމަށް ސެކިއުރިޓީންނާއި ތަން ސާފު ކުރާ މީހުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން އެ ހިދުމަތައް ފްލެޓްތަކަށް ލިބެމުންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އެޗްޑީސީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ ވަށި ޕްރައިވެޓް ލިމިޓެޑާ އެވެެ.
އެޗްޑީސީން މައުލޫމާތުދޭގޮތުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއާއި ބޭސްމެންޓް ޕާކިން އޭރިއާ ބެލެހެއްޓުމަށް 24 ގަޑިއިރު ސެކިއުރިޓީ ގާޑެއް ހުންނާނެ އެވެ. އަދި ފްލެޓްތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ ބަލައި، ހާދިސާއެއް ހިނގައިފިނަމަ އެކަން އެންގުމަކީ ވެސް ގާޑުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން ހިޔާ ފްލެޓްތައް ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ހަތަރު ފަރާތަކަށް ވަނީ ހަވާލުކޮށްފައެެވެ. އެއީ އެލްއެމް އެންޓާޕްރައިސަސް، ޕާމް ގްލޯ، ކޭއެސްއޭ މޯލްޑިވްސް، އަދި ލީރޯ އިންވެސްޓްމެންޓެވެ.
އެޗްޑީސީން ބުނީ އެލްއެމް އެންޓަޕްރައިސަސް ކުންފުނިން ސާފުކުރާނީ ޓަވަރު އެކަކުން ހަތަރަކަށް ކަމަށެވެ. އަދި ޕާމް ގްލޯއިން ސާފުކުރާނީ ޓަވަރު ފަހަކުން އަށަކަށް ކަމަށާއި، ކޭއެސްއޭ މޯލްޑިވްސް އިން ސާފުކުރާނީ ޓަވަރު ނުވަޔަކުން 12 އަށް ކަމަށް އެޗްޑީސީން ބުނެ އެެވެ. އަދި ލީރޯ އިންވެސްޓްމެންޓުން ސާފު ކުރާނީ ޓަވަރު 13 އިން 16 އަށް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީން ބުނީ ފްލެޓްތައް ސާފުކުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި 1500 އަށްވުރެ ގިނަ އާއިލާ މީހާރު ދިރިއުޅެމުންދާއިރު އެތަނުގައި ވައްކަމުގެ މައްސަލަތައްވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

Hiya Security Services and Cleaning has been outsourced effective from 1st February 2022 with the aim of providing better service to Hiya Tenants. pic.twitter.com/JHnOUU0aN0
— HDC (@hdcmaldives) February 1, 2022
އެޗްޑީސީން މައުލޫމާތުދޭގޮތުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއާއި ބޭސްމެންޓް ޕާކިން އޭރިއާ ބެލެހެއްޓުމަށް 24 ގަޑިއިރު ސެކިއުރިޓީ ގާޑެއް ހުންނާނެ އެވެ. އަދި ފްލެޓްތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ ބަލައި، ހާދިސާއެއް ހިނގައިފިނަމަ އެކަން އެންގުމަކީ ވެސް ގާޑުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން ހިޔާ ފްލެޓްތައް ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ހަތަރު ފަރާތަކަށް ވަނީ ހަވާލުކޮށްފައެެވެ. އެއީ އެލްއެމް އެންޓާޕްރައިސަސް، ޕާމް ގްލޯ، ކޭއެސްއޭ މޯލްޑިވްސް، އަދި ލީރޯ އިންވެސްޓްމެންޓެވެ.
އެޗްޑީސީން ބުނީ އެލްއެމް އެންޓަޕްރައިސަސް ކުންފުނިން ސާފުކުރާނީ ޓަވަރު އެކަކުން ހަތަރަކަށް ކަމަށެވެ. އަދި ޕާމް ގްލޯއިން ސާފުކުރާނީ ޓަވަރު ފަހަކުން އަށަކަށް ކަމަށާއި، ކޭއެސްއޭ މޯލްޑިވްސް އިން ސާފުކުރާނީ ޓަވަރު ނުވަޔަކުން 12 އަށް ކަމަށް އެޗްޑީސީން ބުނެ އެެވެ. އަދި ލީރޯ އިންވެސްޓްމެންޓުން ސާފު ކުރާނީ ޓަވަރު 13 އިން 16 އަށް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީން ބުނީ ފްލެޓްތައް ސާފުކުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި 1500 އަށްވުރެ ގިނަ އާއިލާ މީހާރު ދިރިއުޅެމުންދާއިރު އެތަނުގައި ވައްކަމުގެ މައްސަލަތައްވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު