އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ފުލުުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް މިއަދު ހެނދުނު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަނިޔާ ލިބުނު އަންހެން މީހާ ފުލުހުންގެ އެހީތެރިކަމުގައި އައިޖީއެޗްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުުހުން ބުނެ އެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަގޮތުން އަންހެން މީހާ ދިިރިއުޅޭ ގެއިން ނެރެ އޭނާ ފަރުވާއަށް ގެންދާ މަންޒަރު ފެނެއެެވެ. އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ފުލުހުންގެ އެހީތެރިކަމުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ރޯ އަޑުވެސް އިވެމުންދެއެެވެ.



ކިޔުންތެރިންގެ ހިޔާލު