ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މަޖިލީސް ކުރާގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ބުނީ ރައްޔިތުން މަޖިލިސްގެ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެސަރަޙައްދުގައި ހިމެނޭ މަގުތައް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށާއި ހިނގާބިނގާވާ މީހުންނަށް ނުވަދެވޭނެގޮތަށް ބަންދުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.



އެގޮތުން މާދަމާ ހެނދުނު 5:45 އިން ފެށިގެން ޖަލްސާ ނިމެންދެން އެސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް ބަންދުވާނޭކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން އެރަަސްމިއްޔާތަށް މެދުޒިޔާރަތްމަގު މަޖީދިއްޔާ ސްކޫލު ކައިރިން ފެށިގެން ދަރުމަވަންތަ ސްކޫލް ކައިރީ ޕާކިންގ ޒޯނާއި މަޖިލިސް އިދާރާ ކުރިމަތިން އޮންނަ ޕާކިންގ ޒޯން ހުސްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.



ކިޔުންތެރިންގެ ހިޔާލު