ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް 30 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.
އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރަން އުޅުމުން، މިދިޔަމަހު އޭސީސީގެ ހުރިހާ މެމްބަރުން ވަނީ މަޤާމުން އިސްތިއުފާދީފައެވެ. އަދި އެމަޤާމަށް ބޭފުޅުން އައްޔަންކުރަން ފުރަތަމަ އޮތް މުއްދަތުވެސް ވަނީ ފަހަނައަޅާގޮސްފައެވެ.
އޭސީސީގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރަން ރައީސް އޮފީހުން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަދަދަކަށް މީހުން ނަން ހުށަހަޅާފައި ނުވާތީ އެ މުއްދަތު މިދިޔަމަހުގެ 31 ވަނަ ދުވަހަށް އޮތީ އިތުރުކޮށްފައެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުން އިތުރުކުރި މުއްދަތުގައި 30 އަށްވުރެ ގިނަ މީހުން ވަނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާފައެވެ. އޭގެތެރޭގައި ޓެންޑަ ބޯޑުގައި ކުރިން ހުންނެވި އިސްމާއިލް ޒަރިޔަންދާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާވެސް ހިމެނިވަޑައިގަންނަވައެވެ.
ޤާނޫނުގައި އޮންނަ ގޮތުން އޭސީސީގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން، މަޖިލިހުން ރުހުން ލިބުމުންނެވެ. ބެލެވޭ ގޮތުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުން އޭސީސީގެ މެމްބަރުން އައްޔަންކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު