ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ހުޅުމާލޭގައި ދިވެހި އަންހެނަކާމެދު ފިރިހެނަކު ގަދަކަމުން ޖިންސީ އަމަލު ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށް ބަންދަށް ފުރަތަމަ ޖެހި ފަސްދުވަސް ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ހޯމަ ދުވަހު ވަނީ އަނެއްކާވެސް ބަންދަށް ފަސް ދުވަސް ދީފައެވެ.

އެމީހާ ބަންދު ކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅޭ ވަަރަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގުކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު