ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ނުކުމެވަޑައިގަތީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލެއް ރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ، ގާސިމް އިބްރާހިމް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދުގެ ކެމްޕޭނަށް ނުކުމެވަޑައިގަތީ އަމިއްލަ އެދުންފުޅެެއް އޮވެގެން ނޫން ކަމަށެވެ. ހަލީމް ވިދާޅުވީ ގާސިމް މަސައްކަތް ކުރައްވަނީ ރައްޔިތުންޓަކައި ކަމަށެވެ. ހަލީމް ވިދާޅުވީ ގާސިމް ކެމްޕޭނަށް ނުކުމެވަޑައިގަތުމަށް ބަޔަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި ހިތްދަތިކަން ވެސް ލިބޭނެ ކަމަށެވެ.ގާސިމަކީ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ އެމްޑީޕީން ރާއްޖެ އަށް ގެނައި ބޮޑު ބަދަލުގެ ބައިވެރި އެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

"ގާސިމަކީ ކޯލިޝަނަށް މުހިންމު ބޭފުޅެއް، ގާސިމް މަސައްކަތް ކުރައްވަނީ އެއަށް (ބަދަލަށް) އަޅުގަނޑު ގަބޫލުކުރާގޮތުގައި ގާސިމް މި ރާއްޖެއަށް ގެންނަން ފެށި ބަދަލު ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ބޭފުޅުންނާއެކު ފެށި މަސައްކަތުގައި އެއްކޮޅުގައި ގާސިމް ހަމަ އެބަހުންނެެވި، އެއީ އިއްތިފާގެއް ނޫން. އެއީ ވަރަށް ބޮޑު ހަގީގަތެއް." ހަލީމް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއިދު ކުރުމަށް ޖުމުހޫރީ ޕާޓީން ވަނީ ނިއްމާފައެެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ގެންދަވަނީ ކޮމަންޑޫ ދާއިރާގެ ހިމެނޭ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕޭންކޮށްދެެއްވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޟަރޭ

03-Feb-2022

ޢެއްގޮތަކަށްވެސް.