މަސްތުވާތަކެއްޗާއެކު އެއަރޕޯޓުން ހައްޔަރުކުރި މީހާގެ ބަންދަށް 3 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު އެއަރޕޯޓުގައި ހުންނަ ދޮވެމި ފިހާރަ ކުރިމަތިންނެވެ. އޭނާ ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ އަތުން ފެނުނު މަސްތުވާތަކެތި އަޅާފައިވާ ޕެކެޓް އޮތީ ވެއްޓި ފަޅައިގެން ގޮސްފައެވެ.
އޭނާގެ ބަންދުގެ މަޖިލީހުގައި އިއްޔެ ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހާ އޭނާގެ އަތުގައި އޮތް ޑްރަގް އެޅި ޖޫސްޕެޓީ ކޮތަޅެއް އެއާޕޯޓު ތެރޭގައި ފަޅާލައި ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށެވެ. އަދި އޭނާގެ ޖީބުންވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކުރި މީހާގެ ވަކީލުންވަނީ އޭނާ ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ އޭނާގެ ކަރާމާތަށް އުނިކަންއަންނަ ގޮތަށް ކަމަށް ބުނެފައެވެ. ނަމަވެސް ކޯޓުން ބުނީ އެފަދަކަމެއް ފާހަގަނުވާ ކަމަށާއި އެހެންކަމުން އޭނާގެ ބަންދަށް 3 ދުވަސް އިތުރު ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު