ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓްރީން ހިދުމަތް ދޭ ވަގުތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
އާދިއްތަ ދުވަހުން ފެށިގެން ލެބޯޓްރީން ހިދުމަތް ދޭ ވަގުތު އިތުރުކުރުމަށް އައިޖީއެމްއެޗުން ނިންމާފައިވާއިރު، ކޯވިޑުގެ ޙާލަތު މާލެ ސަރަޙައްދުގައި ގޯސްވުމާ ގުޅިގެން އައިޖީއެމްޗުން، ބައެއް ޚިދުމަތްތައްދޭ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އައިޖީއެމްއެޗުން ލެބޯޓްރީގެ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ހެނދުނު 08:00އިން 12:00 އަށްނަމަވެސް، އަންނަ ހޮނިހިރު ދުވަހުން ފަށައިގެން ލެބޯޓްރީގެ ޚިދުމަތްދޭ ވަގުތު ހެނދުނު 08:00އިން މެންދުރުފަހު 02:00 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ލެބޯޓްރީ އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދުވެސް 200 އިން 400 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެއީ އޮންލައިންކޮށް ދޫކުރާ 200 ނަންބަރާއި ހޮސްޕިޓަލުން ދޫކުރާ 200 ނަންބަރެވެ.
މިބަދަލުތަކުގެ އިތުރުން މިވަގުތު މެދުކަނޑާލާފައިވާ ދުރާލާ ތާވަލްކޮށްގެން ހަދާ ބައެއް ސަރޖަރީތައް އަލުން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު