ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ބޭންކް ހުޅުވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން އެދިފައިވާ ލައިސަންސް ނުދޭން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފިއެވެ.
ޑިޖިޓަލް ބޭންކް ހުޅުވުމުގެ ލައިސަންސް ހޯދުމަށް އެސްޓީއޯއިން، އެމްއެމްއޭގައި އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން މިދިޔަ ޖެނުއަރީމަހުގެ 19 ވަނަ ދުވަހު ވަނީ އެސްޓީއޯއިން އެދުނު ލައިސަންސް ނުދޭން ނިންމާފައިވާކަން އެސްޓީއޯއަށް އަންގާފައެވެ. އަދި ލައިސަންސް ނުދޭން ނިންމީ ޓެކްނިކަލް އިވެލުއޭޝަނުން ފެއިލްވުމުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އެމްއެމްއޭއިން އަދި އެސްޓީއޯއިންވެސް މީޑިއާގައި ވާހަކަ ދައްކާފައެއް ނުވެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ޑިޖިޓަލް ބޭންކިންގެ ހިދުމަތުގެ ތެރެއަށް ވަންނަމުންދާއިރު އެ ހިދުމަތް ފެށުމަށް އެސްޓީއޯއިން ވެސް ބޭނުންވާ ކަމަށެވެ.
ޑިޖިޓަލް ބޭންކިންގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ފިންލޭންޑުގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން ހުޅުވާ މި ޑިޖިޓަލް ބޭންކް ހުޅުވުމަށް އެކުންފުނިން ކުރިން ރާވާފައި އޮތީ 2021 ވަނަ އަހަރުގެ މާޗު މަހުއެވެ. ނަމަވެސް ކޮވިޑާއެކު އައި ލޮކްކްޑައުންތަކާ ގުޅިގެން އެ މަސައްކަތަށްވެސް ވަނީ ލަސްކަމެއް އައިސްފައެވެ.
އެސްޓީއޯއިން ހުޅުވާ ޑިޖިޓަލް ބޭންކުގައި އެކައުންޓް ހުޅުވުމާއި ފައިސާގެ މުއާމަލާތްތަކުގައި ބޭނުންކުރާ ކާޑު ހަދައިދިނުން ފަދަ ބޭންކުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް ކުރެވޭއިރު ފަހަށް ފައިސާ ރައްކާކުރުމުގެ ކަސްޓަމައިޒް ޕްލޭންތައްވެސް އަމިއްލަޔަށް ތައްޔާރުކޮށްލެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ބޭންކުގެ ޚިދުމަތް ފެށިގެންދާނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސްގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންވެސް ހުއްދަ ލިބިގެންނެވެ.
އެސްޓީއޯގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާއިރު އެސްޓީއޯއިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް ފައިދާ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު