ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޮމަންޑޫއަށް ވަޑައިގައިގަތުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނީ، މާދަމާ ހެނދުނު އޮންނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ އަދި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށްފަހުއެވެ.
މިދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގެ 3 ރަށަށް ވެސް ދެ ރައިސުން ވަޑައިގަންނަވާއެވެ. އަދި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދިޔަމަހު ފަހުކޮޅުވެސް ރައީސް ސާލިހުއާއި ރައީސް ނަޝީދު ކޮމަންޑޫއަށް ވަޑައިގައިގަތުމަށް ދަތުރުފުޅެއް ރޭއްވެވިއެވެ. ނަމަވެސް ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެވަޑައިގަތުމުން އެ ދަތުރުގައި ވަޑައިގަތީ ރައީސް ނަޝީދެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފޯރިއާއެކު މިހާރު ކުރިއަށްދާއިރު، އެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރުދުވަހުއެވެ. އިންތިހާބުގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު