ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޖިސްމާނީ އުނިކަމެއް ތަޙަންމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގާ ހުންނަ އުނިކަމަކުން ވާކަމެއް ނޫންކަމަށެވެ. އެއީ ތަޤްދީރުގެ ނިޔާ، އަދި ދުނިޔަވީ އާދަ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ. ނުކުޅެދުންތެރި ކަމަކާހުރެ އަނެކާއާ މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއް ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"މިއަހަރުގެ ފަހު ކުއާރޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން. ޤައުމިއްޔަތުގެ މައިވަންތަ އުނގުގާ ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް." ރައީސް މިއަދު ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ނެތް ކަމަށާއި މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު