ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުހަލާގާ ދަނީ ހިންގަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުހަލާގާ ދަނީ ހިންގަމުން ކަމަށެވެ.
ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނި ފަހަރު ރަށު ބަނދަރުގާ އެޅުމަށްފަހު ރޭގަނޑުގެ ހަމަ ނިދި ނިދާލެވޭގޮތްވުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމާ އޮޑިދޯނި ފަހަރު ސަލާމަތަށް ވަންނަ ބަނދަރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ޖޫން ޖުލައިގެ ވިއްސާރައިގެ ކުރިން ފޯކައިދޫގެ ބަނދަރަކީ އަމާން ބަނދަރަކަށް ބަދަލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުހަލާގާ މިހާރު ސަރުކާރުން މިދަނީ ހިންގަމުން. މިހާތަނަށް 28 ރަށުގެ ލަފާފުރުމުގެ މައްސަލަ ހައްލުކޮށްދެވިއްޖެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު