މިއަހަރުގެ މަޖިލިސް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި ރިޔާސީ ބަޔާނަކީ ވަރަށް "ވަރުގަދަ" ބަޔާނެއްކަމަށް ވިދާޅުވެ، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ތައުރީފްކުރައްވައިފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު މަޖިލީހުގައި ވަނީ އިއްވަވާފައެވެ. ބަޔާނުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ކުރިއަށް ރާވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސްގެ ތަސައްވުރު ހާމަކުރެއްވިއެވެ.
އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ރައީސް ސާލިހުގެ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ސާލިހު އިއްވެވި ރިޔާސީ ބަޔާނަކީ މައުލޫމާތުން ފުރިގެންވާ، ވަރުގަދަ ރިޔާސީ ބަޔާނެއްކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ފައިދާއަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ތާއީދުކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޤްތިޞާދު، ސިއްހަތު، ތައުލީމް އަދި އުމްރާނީ ތަރައްގީއަށް ރާވާފައިވާ ޕްލޭންތަކާއި ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ސަރުކާރުން އެކި ދާއިރާތަކުން ހޯދި ކުރިއެރުންތަކާއި މިދިޔަ އަހަރު ސަރުކާރު ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި 4 ވަނަ ރިޔާސީ ބަޔާނެވެ.

Congratulations HE president @ibusolih on an informative and strong presidential address. As a coalition partner @MRM_Office is fully behind you for the good of the nation.
— Maumoon Abdul Gayoom (@maumoonagayoom) February 3, 2022
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޤްތިޞާދު، ސިއްހަތު، ތައުލީމް އަދި އުމްރާނީ ތަރައްގީއަށް ރާވާފައިވާ ޕްލޭންތަކާއި ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ސަރުކާރުން އެކި ދާއިރާތަކުން ހޯދި ކުރިއެރުންތަކާއި މިދިޔަ އަހަރު ސަރުކާރު ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި 4 ވަނަ ރިޔާސީ ބަޔާނެވެ.
ކިޔުންތެރިންގެ ހިޔާލު