ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން އިއްވެވި ރިޔާސީ ބަޔާންތަކުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ހާސިލްކުރެވުނީ ކިހާ މިންވަރަކަށްތޯ ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.
2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާފައެވެ. ރައީސް އިއްވެވި ހަތަރު ވަނަ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ މީގެ ކުރިން އިއްވި ރިޔާސީ ބަޔާންތަކުގައި ހުރި ކަންކަން ހާސިލްވީ ކިހާ މިންވަރަކަށްތޯ ސުވާލު ކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ ރީތި ގޮތަކަށް ލިޔެ ބަޔާނެއް އިއްވިދާނެ ކަމަށާއި އަދި ޕާޓީގެ މެންބަރުން ލައްވާ ކޮނޑުހުޅު ދަންދެން އަތްވެސް ޖެއްސިދާނެ ކަމަށެވެ.
"މީގެ ކުރިން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލް ކުރެއްވުނީ ކިހާ މިންވަރަކަށްތޯ؟ ގައުމުގެ ދަރަނި 100 ބިލިއަން ރުފިޔާ ކަޑައްތު ކޮށްފި. ތިން އަހަރު ތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދައިފި،" ރައީސް ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވިއެެވެ.
މިއަހަރު އިއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސޯލިހް ވިދާޅުވީ މާލޭ ރައްޔިތުންނަށް 5000 ގޯތި ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދުމާއެކު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަކީ މިއަހަރުގެ އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.
"2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފަ، މީގެއިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކާނިންމާފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
އިދިކޮޅުން ވަނީ ރައީސްގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކޮށްފައެެވެ.

Reethigothakah liye bayaaneh ivvidhaane. Kondu hulhu dhaavarah party memberunnah aiy ves jehidhaane. Meege kurin ivvi bayan thakugai kuravvan vidhaalhuvi kankan haasilvee kihaa varakah tho? Qaumuge dharani Rf.100bn kadahthu koffi. 3 aharu therey ekani Rf.48bn dharani ufahdhaifi.
— Ahmed Shiyam (@Shiyamaldives) February 3, 2022
"މީގެ ކުރިން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލް ކުރެއްވުނީ ކިހާ މިންވަރަކަށްތޯ؟ ގައުމުގެ ދަރަނި 100 ބިލިއަން ރުފިޔާ ކަޑައްތު ކޮށްފި. ތިން އަހަރު ތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދައިފި،" ރައީސް ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވިއެެވެ.
މިއަހަރު އިއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސޯލިހް ވިދާޅުވީ މާލޭ ރައްޔިތުންނަށް 5000 ގޯތި ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދުމާއެކު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަކީ މިއަހަރުގެ އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.
"2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފަ، މީގެއިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކާނިންމާފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
އިދިކޮޅުން ވަނީ ރައީސްގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކޮށްފައެެވެ.
ކިޔުންތެރިންގެ ހިޔާލު