ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ރައީސް ސާލިހުއާއި ރައީސް ނަޝީދު މިއަދު ކޮމަންޑޫއަށް ވަޑައިގަތީ ހޮނިހިރުދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑެޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގެ 3 ރަށަށް ވެސް ދެ ރައީސުން ވަޑައިގަންނަވާއެވެ. އަދި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.



މިދިޔަމަހު ފަހުކޮޅުވެސް ރައީސް ސާލިހާއި ރައީސް ނަޝީދު ކޮމަންޑޫއަށް ވަޑައިގައިގަތުމަށް ދަތުރުފުޅެއް ރޭއްވެވިއެވެ. ނަމަވެސް ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެވަޑައިގަތުމުން އެ ދަތުރުގައި ވަޑައިގަތީ ރައީސް ނަޝީދެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފޯރިއާއެކު މިހާރު ކުރިއަށްދާއިރު، އެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރުދުވަހުއެވެ. އިންތިހާބުގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު