ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ރިޔާސީ ބަޔާނަކީ ގައުމުގެ އަސްލު ހާލަތު ރައްޔިތުންނަށް އޮޅުވާލާފައިވާ ރިޔާސީ ބަޔާނެއް ކަމަށް ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ހަތަރު ވަނަ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ މުޅި ރިޔާސީ ބަޔާން ބައްޓަންކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އަސްލު ހާލަތު ވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ސޯލިހްގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް. މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު." ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވިއެވެ.
ގައުމުގެ ހާލަތު ބަޔާންކޮށް ރައީސް ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ މާލެ މީހުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން ވަނީ ހާމަކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ. ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވެވި ޖަލްސާ އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކަޓް ކޮށްފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ރ.ސޯލިހުގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް. މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރ.ސޯލިހުގެ ރިޔާސީ އިންތިޚާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް. ގައުމުގެ އަސްލު ޙާލަތުވަނީ ރައްޔިތުންނަށް އޮޅުވާލާފައި.މިއަދު ފެންނަނީ ރ.ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު
— Abdul Raheem Abdulla (@Banafsaa) February 3, 2022
"ރައީސް ސޯލިހްގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް. މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު." ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވިއެވެ.
ގައުމުގެ ހާލަތު ބަޔާންކޮށް ރައީސް ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ މާލެ މީހުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން ވަނީ ހާމަކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ. ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވެވި ޖަލްސާ އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކަޓް ކޮށްފައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު