އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ކޮމަންޑޫ ދާއިރާއަށް އިންތިޚާބުކޮށްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންގައި ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބުވަނީ ދައުލަތާއި ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި ގައުމާއި، ރައްޔިތުންގެ ތަރައްގީއަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ސަރުކާރަށް އެހީތެރިކަން ފަސޭހައިން ފޯރުކޮށްދެވޭނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެފުރުސަތު ފަހިކޮށްދީގެން ކަމަށެވެ. ގާސިމް ވިދާޅުވީ އެފުރުސަތު ފަހިކޮށްނުދީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް އިންތިޚާބުކޮށްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ދުނިޔެވީ ގޮތުން ބަލާއިރު އެ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓެއް އިންތިޚާބުކުރުމަކީ ވާޖިބެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީ ވެގެންދާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މުޅި ރާއްޖޭގެ ތަރައްގީއާއި ދާއިރާގެ ތަރައްގީއަށް ވިސްނައި ރަނގަޅު ގޮތް ނިންމުމަށް ގާސިމް ވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު