ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުގެ ވައުދުވެވަޑައިގެންނެވި ކަންތައްތައް މިދައުރުގައި ހާސިލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.
ގާސިމް މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރެއިން ށ. ފޯކައިދޫގައި އެމްޑީޕީން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، މީގެ ކުރިން އެހާގިނަ ކަންތައްތަކެއް ރައްޔިތުންނަށް ހާސިލްކޮށްދީފައިވާ އަދި ކޮށްދޭނެ ކަމަށް ވިދާޅުވި އެއްވެސް ރިޔާސީ ބަޔާނެއް މިހާތަނަށް އިއްވަވާފައިވާ ނުވާ ކަމަށެވެ. ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންތައްތައް ދިވެހިންނަށް ފުދިގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އެކަމަށްޓަކައި ކޯލިޝަންގެ ލީޑަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެކަން ކުރެވޭނީ ދިވެހި ރައްޔިތުން މިއަދު އޮތް ސަރުކާރަށް، މިއަދުގެ ރައީސުލްޖުމުހޫރިއްޔާއަށް ފުރިހަމަ ތާއިދާ އެއްބާރުލުން އޮތް ކަން ވަރަށް ސާފުކޮށް ދައްކަވައިގެން. ވަރަށް ސާފުކޮށް ވަރަށް ހަރުދަނާކޮށް އެކަން ކުރުމަށްޓަކައި މިދާއިރާގެ އެއްވެސް ރައްޔިތަކު މައިންބަފައިން ކަމަށް ވިޔަސް އަދި އެއްބަނޑު ތިމާގެ މީހެއް ކަމަށްވިޔަސް މިއަދު ވޯޓްލާންޖެހޭނީ މިދާއިރާގެ ތަރައްގީއާ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ރާޑޯ ހޮވައިދޭން އެބަޖެހޭ." ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރު ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެމަނިކުފާނު ވެރިކަމުން ދުރުނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގައުމުގެ ހާލަތު ބަޔާންކޮށް ރައީސް ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ މާލޭ ރައްޔިޔުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން ވަނީ އިޢޫލާން ރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު