ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އާބާދީގައި 500 ހަމަވާ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ށ. މަރޮށްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އާބާދީގައި 500 ހަމަވާ ކޮންމެ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމް ބަހައްޓާ އެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އޭޓީއެމް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާއާއި ކަންބޮޑުވުން ރައްޔިތުން އެމަނިކުފާނާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށާއި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ މިއަހަރު ނިމުމުގެ ކުރިން އާބާދީގައި 500 ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެއް ހަމައަކުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އާބާދީ ކުޑަވުމާ ގުޅިގެން ވަކި ރަށެއް ތަފާތުކޮށްގެން ހިދުމަތް ދިނުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލްގެ 135 އޭޓީއެމް ވަނީ ބަހައްޓާފައެވެ. އެ ބޭންކުން ވަނީ އިތުރު ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު