ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަކީ ރައްޔިތުންގެ ތަކުލީފަށް އޮތް އުއްމީދެއް ކަމަށް އެޕާޓީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ނާއިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް މިހެން ވިދާޅުވީ ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެންނެެވެ. އެގޮތުން ސްކޫލް ތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑުކޮށް ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ 56 ޕަސެންޓް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވީ ގައުމު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށެވެ. އަދި މުދައްރިސުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ އެ ފަރާތްތަކުގެ ޒަމާންވީ ތަކްލީފަށް އަންނާނެ އުއްމީދީ އާރޯކަމެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.



"އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ތަކްލީފަށް އޮތް އުއްމީދު. މަރުހަބާ އާއި ޝުކުރު ރައީސް ސާލިޙަށް." ޝިފާޒް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ ސަރުކާރުން މުސާރައަށް ގެންނަ ހެއު ބަދަލާއެކު ގްރެޖްއޭޓް ލެވެލް ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 12،628 ރުފިޔާ އިން 19،740ރ. އަށް ބޮޑުވެެގެންދާނެ ކަމަށެވެ. އަދި 21،000ރ. ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000ރ. އަށް ބޮޑުވެގެންދާއިރު 14،000ރ. ޖެހޭ މީހުންނަށް މުސާރައިގެ ގޮތުގައި 28،000ރ. ލިބޭނެ ކަމަށް ރައީސް ސޯލިިހް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ އަށްފަހު ސިއްހީ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.



ކިޔުންތެރިންގެ ހިޔާލު