ރާއްޖޭގެ މައި ވައިގެ ބަނދަރުގަަައި ބޭރު މީހުން ތިބި މަގާމުތަކަށް ހުނަރުވެރި ދިވެހިން ހަމަޖައްސައި އެމީހުންނަށް ދޭ ބޮޑު މުސާރަތައް ދިވެހީންނަށް ދިނުމަށް ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުންނެެވެ. ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ފާޑުވިދާޅުވަމުން ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމަކީ މޮޅު ފަރިއްސެއް ލިޔެ ދަސްކޮށްގެން ކިޔުމެއް ނޫން ކަމަށެވެ. ރިޔާސީ ބަޔާނުން ކޮންމެ އަހަރަކު ހެޑްލައިނެއް ހެދުމަކުން ނުފުދޭ ކަމަށް ސައީދު ވިދާޅުވިއެވެ.
"ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ފައިސާ ވަންނަ ،ބޭރާއި އެތެރެއާއި ގުޅިގެން 24/7 ގައި ހިދުމަތް ދޭ ވައިގެ ބަނދަރުގެ ބިޔަ މުސާރަތައް ދިވެހި ހުނަރައް މިހާރުން މިހާރަށް ބަދަލުކުރައްވާ." ސައީދު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓް ހިންގާ އެމްއޭސީއެލްގެ އިސް މަގާމުތަކަށް ބިދޭސީންލައިގެން އެމީހުންނަށް ބޮޑު މުސާރަތައް ދެމުން ގެންދާ ކަމަށް ބުނާ ވާހަކައަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާ މައްސަލައެކެވެ. އެގޮތުން ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގުމުގެ އެންމެ އިސް މަގާމު މިހާރުވެސް ފުރަމުން ގެންދަނީ ބިދޭސީއެކެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު އަންނަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދަޅުވެފައެވެ. ރައީސް ވިދާޅުވީ މުސާރައަށް ގެންނަ އެ ބަދަލާއެކު ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރަކަށް 12،628ރ. އިން 19،740ރ. އަށް ބޮޑުވެގެންދާނެ ކަމަށެވެ. އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރބަޔާނަކީމޮޅުފަރިއްސެއްލިޔެދަސްކޮށްގެންކިޔުމެއްނޫން.އެއީރައްޔިތުންގެބަޔާން،ކޮންމެއަހަރަކު ހެޑްލައިނެއްހެދުމަކުންނުފުދޭ.ރާއްޖޭގެއެންމެބޮޑުއަދިއެންމެގިނަފައސާވަންނަ،ބޭރާއިއެތެރެއާއިގުޅިގެން24/7ގައިޚިދުމަތްދޭވައިގެބަނދަރުގެބިޔަމުސާރަތައްދިވެހިހުނަރައްމިހާރުންމިހާރަށްބަދަލުކުރައްވާ https://t.co/fYkmJc51aW
— Mohamed Saeed (@em_saeed) February 3, 2022
"ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ފައިސާ ވަންނަ ،ބޭރާއި އެތެރެއާއި ގުޅިގެން 24/7 ގައި ހިދުމަތް ދޭ ވައިގެ ބަނދަރުގެ ބިޔަ މުސާރަތައް ދިވެހި ހުނަރައް މިހާރުން މިހާރަށް ބަދަލުކުރައްވާ." ސައީދު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓް ހިންގާ އެމްއޭސީއެލްގެ އިސް މަގާމުތަކަށް ބިދޭސީންލައިގެން އެމީހުންނަށް ބޮޑު މުސާރަތައް ދެމުން ގެންދާ ކަމަށް ބުނާ ވާހަކައަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާ މައްސަލައެކެވެ. އެގޮތުން ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގުމުގެ އެންމެ އިސް މަގާމު މިހާރުވެސް ފުރަމުން ގެންދަނީ ބިދޭސީއެކެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު އަންނަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދަޅުވެފައެވެ. ރައީސް ވިދާޅުވީ މުސާރައަށް ގެންނަ އެ ބަދަލާއެކު ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރަކަށް 12،628ރ. އިން 19،740ރ. އަށް ބޮޑުވެގެންދާނެ ކަމަށެވެ. އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު