ސްރީލަންކާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ފޮނުއްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްޝާއާއި، ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްޝާއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ. އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންނަކީ ދިވެހިންގެ އަޚުންގެ ގޮތުގައި ސިފަ ކުރައްވައި، ދިވެހި ރައްޔިތުންގެ ނަމުގައި ލަންކާ ސަރުކާރަށާއި، ރައްޔިތުންނަށްވެސް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ސްރީލަންކާއިން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ގައި ފާހަގަކުރާ މިނިވަން ދުވަހަކީ 1948 ވަނަ އަހަރު އެޤައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.
ރާއްޖެއާއި ލަންކާއާދެމެދު އަބަދުވެސްވަރަށް ގާތް ގުޅުމެއް އޮވެއެވެ. 2019 ވަނަ އަހަރު ކުރިއަށްދިޔަ އެ ޤައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ރައީސް ސާލިހު ވަނީ ބައިވެރިވެޑައިގެން އެ ރަސްމިއްޔާތުވެސް ޝަރަފްވެރިވެސް ކޮށްދެއްވާފައެވެ. އެއީ ރާއްޖޭގެ ރައީސަކު އަވަށްޓެރި ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

As Sri Lanka 🇱🇰 celebrates its 74th Independence Day, the Maldivian people join me in conveying to President @GotabayaR, PM @PresRajapaksa and our cousins, the Sri Lankan people heartiest congratulations and felicitations.
— Ibrahim Mohamed Solih (@ibusolih) February 4, 2022
ސްރީލަންކާއިން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ގައި ފާހަގަކުރާ މިނިވަން ދުވަހަކީ 1948 ވަނަ އަހަރު އެޤައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.
ރާއްޖެއާއި ލަންކާއާދެމެދު އަބަދުވެސްވަރަށް ގާތް ގުޅުމެއް އޮވެއެވެ. 2019 ވަނަ އަހަރު ކުރިއަށްދިޔަ އެ ޤައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ރައީސް ސާލިހު ވަނީ ބައިވެރިވެޑައިގެން އެ ރަސްމިއްޔާތުވެސް ޝަރަފްވެރިވެސް ކޮށްދެއްވާފައެވެ. އެއީ ރާއްޖޭގެ ރައީސަކު އަވަށްޓެރި ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު