ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސެއް ދިނުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ޖެންޑަރު މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސެއް ދިނުމަށްވެސް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެފަރާތްތަކަށް އެލަވަންސެއް ދެނީ ކެއާ އެލަވަންސްގެ ނަމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެފަދަ މީހުންނަކީ (ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމުގައި އުޅޭ މީހުން) ވަޒީފާއަށް ދެވޭނެ ބައެއް ނޫން. އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ކުރެވޭނެ ބައެއް ނޫން. ފުލްޓައިމް ނަރުހެއްގެ ގޮތުގައި އުޅެންޖެހޭ ބައެއް. އެހެންކަމުން އެފަދަ ފަރާތްތަކަށް ކެއާ އެލަވަންސެއް ދިނުމަށް މަޝްވަރާކުރަމުން މިދަނީ." މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.
މީގެ އިތުރުން ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގައުމީ ދަފްތަރު، މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި އެކުލަވާލެވޭނެ ކަމަށެވެ. ޢަދި އެކަމާ ގުޅޭ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު ކަމާ ގުޅޭ ކްލެސިފިކޭޝަން ގަވައިދު މިހާރު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 9،646 މީހުން ކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަަށް 233 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ފާހަގަކުރައްވާފައެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕެޓިކް ފަރުވާ އާސަންދައިން މި ސަރުކާރުން ފެއްޓެވީ އާސަންދަ މެދުވެރިކޮށް ތެރަޕީ ދިނުން، 2021 ވަނަ އަހަރަށް ބަލާއިރު އަޅުގަނޑުމެންނަށް 335 ފަރާތަކަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ޚަރަދުވެފައި އެބައޮތް. މިވެސް އަމިއްލައަށް އެދުނު ފަރާތްތަކަށް މިދެވެނީ،" ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގައުމީ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާއި ރިހިބިލިޓޭޝަން އަދި ތެރަޕީއާއި، އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަސީލަތަކަށް ވާނެ ކަމަށެވެ. ސަރުކާރުން އެފަދަ ދަފްތަރެއް އެކުލަވާލަމުންދާ ކަމަށް ރައީސް ވިދާޅުވިއެެވެ. އަދި ދަފްތަރު ނިމުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ އިނާޔަތް މި އަހަރުގެ ފަހު ތިންމަހު ތެރޭގައި ބޮޑުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު