ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން އިތުރު 720 ފުރުޞަތު ހުޅުވާލާނެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯނު ސްކީމަކީ ސަރުކާރުގެ އެހީގައި ލޯނު ދީގެން އެތައް ދަރިވަރުންނަށް މަތީ ތައުލީމް ހޯދައިދިނުމަށް މަގުފަހިކޮށްދޭ ސްކީމެކެވެ.
މި ސްކީމްގެ ދަށުން މިހާރުވެސް ގިނަ ދަރިވަރުންތަކެއް ކިޔަވަމުންދާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަރިވަރުންނަށް ލޯނު ދިނުމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް އިސްކަން ދެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ލޯނު ދީފައެވެ. އަދި އަންނަ ހޯމަދުވަހު އަނެއްކާވެސް ސުޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ބުނާ ގޮތުން ހޯމަދުވަހު ސްޓޫޑެންޓް ލޯނުގެ 720 ފުރުސަތަކަށް ހުލުވާލާނެއެވެ. އަދި މަތީ ތަޢުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫންކަމަށާއި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކޮށްދެމުން ގެންދާނެކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން މިހާތަނަށް ވަނީ އެކި ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމަށް ކުރާ މަސައްކަތުގެ ދަށުން ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ލޯނު ދޫކޮށްފައެވެ. މީގެ އިތުރަށް 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ. އަދި އެކައުންޓިންގ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހު ފެށޭނެއެވެ.
"މިހާރު މިކުރާ ކަމަކީ، މަތީ ތަޢުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިޔަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން." ރައީސް ވިދާޅުވިއެވެ.
ސްޓޫޑަންޓް ލޯނުގެ އިތުރުން، ހިލޭ ޑިގްރީ ޕްރޮގްރާމަކީވެސް މިސަރުކާރުގެ ފާހަގަކޮށްލެވޭ މަސައްކަތަކެވެ. ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12730އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ފުރުޞަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު