މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ވޯޓް ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުމުގެ ހައްގު 3309 މީހުންނަށް ލިބިފައިވާކަމަށެވެ. އަދި އޭގެތެރެއިން 679 މީހަކު ހެނދުނު 10:00 ޖެހުމާއި ހަމައަށް ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ވޯޓް ލީ 679 މީހުންގެ ތެރޭގައި ހިމެނެނީ 412 ފިރިހެނުންނާއި 267 އަންހެނުންނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 20 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ މިހާރު ވޯޓްލާފައެެވެ.
ކޮމަންޑޫގެ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން މާލޭގެ އިތުރުން، ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ކުރިއަށް އެބަދެއެވެ. އަދި އިންތިހާބުގައި ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮށްޓާއި ފޯކައިދޫގައި ދެ ފޮށްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން މެންދުރުފަހު 4:00 އަށް ކަމަށެވެ. އަދި 3:00 އިން 4:00 އަށް ހާއްސަކުރާނީ ކޮވިޑް ޖެހިފައިވާ މީހުން ވޯޓްލުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުން ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ބާއްވާ ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝީދު، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާނު އިދުރީހެވެ.
މި އިންތިހާބުގައި 3309 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު