ދިރާގު މައި އޮފީސް- ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ސަރުކާރު ހިއްސާވާ ކުންފުނި (ރަސް ފޮޓޯ- ޝާހް)
ދިރާގު މައި އޮފީސް- ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ސަރުކާރު ހިއްސާވާ ކުންފުނި (ރަސް ފޮޓޯ- ޝާހް)
ކުރިއަށް ވުރެ ހަތް ދަރަޖަ ދަށަށް ވެއްޓި، ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގެ އިންޓަނެޓު ދުވެލި މިންކުރުމުގައި ބަލާ ރޭންކިންގެ 66 ވަނައިގައި ރާއްޖެ ހިމަނައިފިއެވެ.

ކުރިއަށްވުރެ ހަތް ދަރަޖަ ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގައި

ރާއްޖެ ފަހަތަށް ދިޔަ ނަމަވެސް އަދިވެސް ސާކް ސަރަަހައްދުގައި އެންމެ އިންޓަނެޓް ހަލުވި ގައުމަކަށް އޮތީ ދިވެހިރާއްޖެއެވެ.

މި އިންޑެކްސް ގެ އޭޕްރީލް މަހުގެ ރޭންކިންގެ މޯބައިލް އިންޓަނެޓް ސްޕީޑް ކެޓަގަރީގައި ހަތް ދަރަޖައިގެ ދަށްވުމަކާއެކު ރާއްޖެ 66 ވަނައަށް ދަށަށް ގޮސްފައިވާއިރު ބްރޯޑްބޭންޑް އިންޓަނެޓް ރޭންކިންގައި ރާއްޖެ ހިމެނިފައިވަނީ 126 ވަނައިގައެވެ. އެއީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު ދެ ގުނަ ދަށް ވުމެއް ކަން ފާހަގަކޮށްލެވެއެވެ.

އެވްރެޖްކޮށް ރާއްޖޭގެ މޯބައިލް އިންޓަނެޓްގެ ސްޕީޑް ހުންނަނީ 27.08 އެމްބީޕީއެސް ގައިކަމަށް ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގައި ވަނީ ފާހަގަކޮށްފައެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު މޯބައިލް އިންޓަނެޓް އެންމެ ދަށުގައި އަފްގާނިސްތާނު އުޅޭއިރު އަފްގާނިސްތާނު އޮތީ 139 ވަނައިގައެވެ. ރޭންކިން ގައި ދެން އެންމެ ކައިރީގައި އޮތީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. އިންޑިއާ އެ ރޭންކުގައި 132 ވަނައިގައި އޮތްއިރު ބަންގްލަދޭޝް އޮތީ 130 ވަނައިގައި ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއާއި އެންމެ ގާތުން ވާދަކުރި ނޭޕާލް 111 ވަނައިގައި އޮތްއިރު ލަންކާ އޮތީ 115 ވަނައިގައެވެ.

މި އިންޑެކްސް ގައި ބޫޓާން ގެ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.

ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސް އަކީ ދުނިޔޭގެ އެކިގައުމުތަކުން މީހުން އިންޓަނެޓް ސްޕީޑް ޓެސްޓު ކުރުމުގައި ބޭނުން ކުރަމުން އަންނަ ރިކޯޑުތައް ބޭނުންކޮށްގެން މަހަކު އެއްފަހަރު ހާމަކުރާ ޑޭޓާތަކެއް ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެކުންފުންޏަކީ ދިރާގާއި އޫރީދޫއެވެ.



ކިޔުންތެރިންގެ ހިޔާލު


14

ބުނެލީ ހަމަ

26-May-2020

ރާއްޖެ އޮންލައިން ވެސް ޚިދުމަތްދޭ



ޓްރެންޑިން