އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ މަސައްކަތް ލަސްވަނީ ފީސިބިލިޓީ ހެދުމުގައި ލަސްތަކެއް ދިމާވެގެން ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ ފީސިބިލިޓީ ހެދުމަށް އިންޑިޔާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓްގެ ފީސިބިލިޓީގެ ދެ މަރުހަލާއެއް ނިމި އަގުތައް ކަނޑައަޅައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފަައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ރަންވޭ އޮތީ ރަނގަޅަށް ހެދިފައި ކަމަށެވެ. އަދި އެއާޕޯޓަަށް އިތުރަށް ބޭނުންވަނީ ރަނގަޅު ޓާމިނަލެއް އެޅުމާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި ކޮންމެވެސް ކޮންޓެކްޓަރަކާއި ހަވާލުކޮށް މަސައްކަތް ފެށުން. އެކަންތައްތައް ބާރަށް ކުރިއަށްދާނެ. އައްޑޫ ސިޓީ މާލޭ ނަގާފައި އެންމެ ބޮޑު އާބަދީ އޮތް ތަނެއް ބަލާފައި އިގްތިސާދީ ހަރަކާތްތަކެއް އެބަޖެހޭ ކުރިއަށް ގެންދަން. އެހެން ނޫނީ އައްޑޫ އާބާދީ ބޮޑަސް އަދި ކުރިއެރުމެއް ނުލިބޭ." އިކޮންމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ އެވޯޑް ކުރުމުގެ މަރުހަލާގައި ކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަަށް ސަރުކާރުން ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ހޯދަންޖެހޭ ބައެއް ހުއްދަތައް ހޯދުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.
"އެ ހުއްދަތައް ލިބުމާއެކު އެވޯޑްކުރުމާއެކު އެ މަސައްކަތް ފެށޭނެ. އެކަމަށް ކުރިމަތިލި ފަރާތްތުން ހޮވިފައިވާ ފަރާތަކީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ކުންފުނީގެ ތެެރެއިން ކުންފުންޏެއް. އެމަސަައްކަތް ފެށުމާއެކު ގާތްގަނޑަކަށް އަޅުގަނޑު ލަފާކުރާގޮތުގައި 4، 5 މަސް ތެރޭގައި ބިން ހިއްކިގެންދާނެ." ފައްޔާޒު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާާޅުވީ އައްޑޫސިޓީގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު ހަދާނެ ކަމަށެވެ. އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ. އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު