ނިމިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 131000 އަށްވުރެ ގިނަ ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 131764 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި 92103 ފަތުރުވެރިންނާއި އަޅާ ބަލާއިރު 43 ފަތުރުވެރިންގެ އިތުރު ވުމެކެވެ.
ޖެނުއަރީމަހު 131000 އަށްވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހިނގާ ފެބްރުއަރީމަހުގެ ފުރަަތަމަ 2 ދުވަހު ރާއްޖެއަށް ވަނީ 7791 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީވެސް މިދިޔަ އަހަރުގެ ފެބްރުއަރިމަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިއަދަދުތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 139555 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ކޯވިޑަށްފަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެފައިވާއިރު، ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.

Weekly updates on #Maldives tourism,
— Ministry of Tourism (@MoTmv) February 4, 2022
3 February 2022https://t.co/L5SRqOGXsO pic.twitter.com/n74am1W59r
ޖެނުއަރީމަހު 131000 އަށްވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހިނގާ ފެބްރުއަރީމަހުގެ ފުރަަތަމަ 2 ދުވަހު ރާއްޖެއަށް ވަނީ 7791 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީވެސް މިދިޔަ އަހަރުގެ ފެބްރުއަރިމަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިއަދަދުތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 139555 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ކޯވިޑަށްފަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެފައިވާއިރު، ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ކިޔުންތެރިންގެ ހިޔާލު