ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ޖުމްލަ ހަ ޝަކުވާ ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެެވެ.
ބައެއް މީޑިޔާ ތަަކަށް މައުލޫމާތު ދެއްވަމުން އިންތިހާބާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށް އުފައްދާފައިވާ ޝަކުވާ ކޮމިޓީގެ ޑިރެކްޓަރު އިބްރާހިމް ހާފިޒް ވިދާޅުވީ އިންތިހާބާއި ގުޅޭ ޖުމްލަ ހަ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު ހުށަހެޅި އެއް ޝަކުވާ، ރޭ ހުށަހެޅި ދެ ޝަކުވާ އަދި އޭގެ ކުރިން ހުށަހަޅާފައިވާ ތިން ޝަކުވާއެއް ކަމަށް ހާފިޒް ވިދާޅުވިއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވަނީ އެމްޑީޕީން ޖަގަހައެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ބުނާ މއ. އޮނިކްސް ތެރޭގައި ރިޝްވަތުގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ބުނާ މައްސަލައެކެެވެ. ރިޝްވަތުގެ ތުހުމަތުތަކާއި ގުޅިގެން ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.
އިދިކޮޅު ޕީޕީއެމުން ވަނީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި ގުޅިގެންވެސް އިލެކްޝަން ކޮމިޝަނަށް ޝަކުވާ އެއް ހުށައަޅާފައެެވެ. އިދިކޮޅުން ވަނީ ރާޝިދު ފޯކައިދޫގައި ވޯޓުލާ މަރުކަޒުތައް ހުންނަ ސަރަހައްދުގައި ވޯޓުލުން ކުރިޔަށް ދަނިކޮށް ކެމްޕޭންކޮށް ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އެހެން ނަމަވެސް މިއަދުގެ މިހާތަނަށް އެއްވެސް ކެންޑިޑޭޓަކާއި ގުޅޭ ޝަކުވާއެއް އެ ކޮމިޓީއަކަށް ލިބިފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިހާބާއި ގުޅިގެން ރޭ އިދިކޮޅު ކޯލިޝަނުން ޝަކުވާ ހުށައަޅާފައިވަނީ ށ. ފޯކައިދޫގައި ތިބި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ބައްދަލުކޮށް އިންތިހާބަށް ނުފޫޒުފޯރުވާ ކަމަށް ބުނެ އެވެ. އެ ތުހުމަތުތަކާއެކު އެ ސަރަހައްދުގެ މަޝްރަހުވެސް ހަލަބޮލިވިއެވެ. އެ ޝަކުވާއާއި ގުޅިގެން އިލެކްޝަނުން ވަނީ އެ ކޮމިޝަނުގެ އޮފިޝަލުން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރި ވާހަކަތައް ދޮގުކޮށްފައެވެ.
މީގެ ކުރިން ވެސް އިދިކޮޅުން ވަނީ ކެމްޕޭނާއި ގުޅޭގޮތުން ދެ ޝަކުވާއާއި، އިންތިހާބުގެ އިންތިޒާމުތަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅާފައެވެ. ކެމްޕޭނާއި ގުޅިގެން ހުށަހަޅާފައިވަނީ ކެންޑިޑޭޓަކަށް ކުރެވޭ ތުހުމަތުތަކަކާއި ގުޅޭ ޝަކުވާތަކެކެވެ. ދެން ހުށަހަޅާފައިވަނީ އެމްޑީޕީން ކެމްޕެއިނާއި ދިމާކޮށް މަޝްރޫއުތައް ހިންގަމުންދާކަމަށާއި އިންތިހާބަށް ނުފޫޒުފޯރުވާކަމަށް ބުނާ މައްސަލައެެވެ.
އީސީގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާ އެ ހުރިހާ ޝަކުވާތަކެއްވެސް އެ ކޮމިޓީން ބަލަމުންދާ ކަމަށް އެކޮމެޓީން ވަނީ ބުނެފައެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބުގެ ދާއީމީ ނަތީޖާ އިއުލާންކުރާނީ ބިއުރޯއަށް ހުށައެޅޭ ހުރިހާ ޝަކުވާތަކެއް ބެލުމަށްފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު