އޮލިމްޕިކްސަކީ އިންސާނިއްޔަތުކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއް ކުޅިވަރު މުބާރާތްކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ 24ވަނަ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ދަންމަރުގެ ރިލޭގައި ދުވެވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމަށް ފަހު ވާހަކަފުޅުދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ ވިންޓަ އޮލިމްޕިކް ގޭމްސްގެ ދަންމަރުގެ ރިލޭގައި ދުވެވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގަތުމަކީ، ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި އޮލިމްޕިސްކް އިވެންޓަކީ އިންސާނިއްޔަތުކަމާއި ގައުމުތަކުގެ ސުލްހަ އާއި އެކުވެރިކަމަށް މުހިއްމު މުބާރާތެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކުޅިވަރުގައި މޮޅުވުމާއި ބަލިވުން ކުޅިވަރުގައި އޮންނަކަމަށާއި އެހެންކަމުން އެންމެން އެކުގައި ރީތި ނަމުނާއެއް ދެއްކުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި އޮލިމްޕިކްސް ދަންމަރުގެ ހުޅުކޮޅުން ވެސް ރަމްޒު ކޮށްދެނީ އެކަންކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީވެސް ހަގުރާމައިން ސަލާމަތްވެ، އެންމެން އެކުގައި ސުލްހަވެރިކަމާއެކީ އުޅުންކަމަށާއި އެންމެނަށް ވެސް ހަމަހަމަ އުސޫލުން ފުރުސަތު ތަނަވަސް ކޮށްދިނުމަކީވެސް މުހިންމުކަމެއްކަމަށެވެ.
މިއަހަރުގެ ވިންޓަރ އޮލިމްޕިކްސް ފެށުމުގެ ކުރިންވެސް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު ވަނީ ކުރިއަށް އޮތް އޮލިމްޕިކްސް ގޭމްސަށް ހަނގުރާމައިގެ ހަމަނުޖެހުންތައް ހުއްޓާލައި، ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށް އދގެ މެމްބަރު ގައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު މި އިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.

They do wear tracksuits, but they are the diplomats. We want the young, the energetic women and men coming together, interacting with each other & providing the energy that we so badly need for promotion of peace - @UN_PGA @abdulla_shahid at #Beijing2022https://t.co/fNxR8z086o
— Christian Klaue (@ChKlaue) February 4, 2022
ޝާހިދު ވިދާޅުވީ ކުޅިވަރުގައި މޮޅުވުމާއި ބަލިވުން ކުޅިވަރުގައި އޮންނަކަމަށާއި އެހެންކަމުން އެންމެން އެކުގައި ރީތި ނަމުނާއެއް ދެއްކުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި އޮލިމްޕިކްސް ދަންމަރުގެ ހުޅުކޮޅުން ވެސް ރަމްޒު ކޮށްދެނީ އެކަންކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީވެސް ހަގުރާމައިން ސަލާމަތްވެ، އެންމެން އެކުގައި ސުލްހަވެރިކަމާއެކީ އުޅުންކަމަށާއި އެންމެނަށް ވެސް ހަމަހަމަ އުސޫލުން ފުރުސަތު ތަނަވަސް ކޮށްދިނުމަކީވެސް މުހިންމުކަމެއްކަމަށެވެ.
މިއަހަރުގެ ވިންޓަރ އޮލިމްޕިކްސް ފެށުމުގެ ކުރިންވެސް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު ވަނީ ކުރިއަށް އޮތް އޮލިމްޕިކްސް ގޭމްސަށް ހަނގުރާމައިގެ ހަމަނުޖެހުންތައް ހުއްޓާލައި، ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށް އދގެ މެމްބަރު ގައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު މި އިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.
ކިޔުންތެރިންގެ ހިޔާލު