ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހުމަދު ހަލީމްގެ ބައްޕާފުޅު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްގުއްދޫސް އިބްރާހީމް މިއަދު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 82 އަހަރުގައި ގުއްދޫސް ނިޔާވީ، ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު މެންދުރުއެވެ.

ގުއްދޫސްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ 10:30ގައި އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުކަމާކެމީގެ ކަންކަން ހަމަޖެހިފައިވަނީ އާސަހަރާގައެވެ.

ވިޔަފާރީގެ އިތުރުން ގަލޮޅުގައި އުފެއްދި މަޝްހޫރު ފުޓުބޯޅަ ކްލަބް ވިކްޓަރީއަށް ހަރަދު ކުރައްވައި އެ ކްލަބްގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއްވެސް ގުއްދޫސް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު