ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގަނެފިއެވެ.
ކަސްޓަމުން ބުނީ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ބްރެޒިލުން ރާއްޖެ އައި ޢުމުރުން 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެއްގެ ލަގެޖުންކަމަށެވެ. އެ ދެ މީހުންގެ އަތުން ޖުމްލަ 4.263 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ.
ކަސްޓަމުން ބުނީ ފުރަތަމަ މަރުހަލާގައި މިތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިނަށް ވަނީ ޕޮޒިޓިވްވެފައެވެ.
ކަސްޓަމުން ބުނީ 21 އަހަރުގެ ފިރިހެންމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.760 ކިލޯގްރާމް ހުރިކަމަށާ ޢުމުރުން 23 އަހަރުގެ އަންހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.503 ކިލޯގްރާމް ހުރިކަމަށެވެ.
ދިވެހި ކަސްޓަމުން ބުނީ މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21،315،000.00 (އެކާވީސް މިލިއަން ތިންސަތޭކަ ފަނަރަ ހާސް) ރުފިޔާއަށް އަރާކަމަށެވެ. އަދި މި މައްސަލަތަކުގައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިހާއި ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު