ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބޮޑު 28 މަޝްރޫޢެއް ހިންގަން ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރާ ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަހަރު ކުވޭތު ފަންޑުގެ އެހީގައި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، އދ. މާމިގިލީ، ކ. ތުލުސްދޫ، އއ. ފެރިދޫ، ތ. ވިލުފުށި، އއ. ރަސްދޫ އަދި ފުވައްމުލައް ސިޓީގައި 30 އެނދުގެ ހޮސްޕިޓަލްތައް އެޅުމަށާއި ހދ. ކުޅުދުއްފުޓާއި ގދ. ތިނަދޫގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި މިމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ބިންވެސް ކައުންސިލްތަކުން މިނިސްޓްރީއަށް ދޫކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެއިތުރުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ނ. މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށާއި ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިންޑިއަން އެގްޒިމް ބޭންކްގެ ލޯނު އެހީގައި ރ. އަލިފުށީ، ދ. ކުޑަހުވަދޫ، ހއ. ދިއްދޫ އަދި ގއ. ވިލިނގިލީގައި ހޮސްޕިޓާތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑޮއިޗޭ ބޭންކްގެ ލޯނު އެހީގެ ދަށުން ލ. ގަމުގައި 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލަކާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރ. މީދޫއާއި ބ. ތުޅާދޫ އަދި ހއ. ހޯރަފުށީގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާކަމަށެވެ.
ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށްވެސް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ވެކްސިން ރައްކާކުރާ މަރުކަޒުތައް ޤާއިމުކުރުމަށްވެސް ވަނީ ހަމެޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު