ސްރީލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ދެމީހުންގެ ތެރެއިން އެކަކަކީ ދިވެއްސެއްކަމަށް ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ސްރީލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ސްރީލަންކާގެ ފުލުހުންގެ އިސްތަރުޖަމާނެއްކަމަށްވާ ޑީއައިޖީ އަޖިތު ރޮހާނާ، ލަންކާގެ ނިއުސް ފަސްޓް ނޫހާއި ވާހަކަދައްކަވަމުން، ސްރީލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ދެމީހުންގެ ތެރެއިން އެކަކަކީ ދިވެއްސެކަމަށް ތަހުގީގުން ހާމަވެފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި އޭނާގެ ހަށިގަނޑުގައި ވަޅިން ޒަހަމްތަކެއް ދީފައިވާ ކަމުގެ ނިޝާންތައް ހުރިކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިހާދިސާއާއި ގުޅިގެން ސްރީލަންކާގެ ފުލުހުންނާއި ދިވެހި ފުލުހުން މުއާމަލާތްކުރަމުން ދިޔަނަމަވެސް، ދިވެހި ފުލުހުންގެ ފަރާތުން މިކަމުގައި އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.
މިމައްސަލައިގައި ސްރީލަންކާގެ އިދާރާތަކާއެކު މަސައްކަތްކުރަމުންދާކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި ސްރީލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ދެމީހުންގެ ތެރެއިން އެކަކަކީ ދިވެއްސެއްކަން ރަސްމީކޮށް ސްރީލަންކާގެ ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.
އިއްޔެގެ ވަގުތެއްގައި ވެއްލަވައްތަ ބީޗު ސަރަހައްދުން ދެ ފިރިހެނެއްގެ ހަށިގަނޑު ލަންކާގެ ފުލުހުން ހޯދާފައިވާއިރު، އެކެއްގެ ހަށިގަނޑު ނަގާފައިވަނީ ބީޗު ސަރަހައްދު މޫދުންނެވެ. އަދި ދެވަނަ ހަށިގަނޑު ފެނިފައިވަނީ މޫދާއި 300 މީޓަރު ދުރުންނެވެ. ދެމީހުންގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ ހަތިޔާރެއްވެސް ފުލުހުން ވަނީ އެސަރަހައްދުން ހޯދާފައެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުން މި ދެމީހުން ކުރެ އެކަކީ ލަންކާގައި މަތީ ތަޢުލީމު ހާސިލު ކުރަމުން ގެންދާ އަފްހާމް ނަސީރު ނަމަކަށް ކިޔާ ދިވެހި ޒުވާނެކެވެ. ނަމަވެސް މިކަން އަދި ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ލަންކާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު