ސ.ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިއްކާ ނިމިއްޖެއެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ބުނީ ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ނަގާފައިވާ ވެލިން ސ. ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ވަނީ މިހާރު ހިއްކާ ނިންމާފައި ކަމަށެވެ.



އެމްޓީސީސީން ބުނީ މިމަސައްކަތުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ 75 އިންސައްތަ އަދި އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 67 އިންސައްތަ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައިކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން، އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު