ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުނުކޮށްފިނަމަ ދެން އެމްޑީޕީއަކަށް ވެރިކަމުގައި ނުތިބެވޭނެކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާ 50 ޕަސެންޓު ހުރަސް ނުކުރި ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ އެމްޑީޕީ ވެރިކަމުގައި ދެން ނޯންނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޝުކުރިއްޔާ. އެކަމަކު 50 ޕަސެންޓު ހުރަސް ނުކުރި. ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ." ބަރުލަމާނީ ނިޒާމް ގެނައުމަށް އަބަދުވެސް ވަކާލަތު ކުރައްވައި ވެެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކޮމަންޑޫ ދާއިރާގެ އިންތިޚާބު ސަރުކާރާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ އެހީތެރިކަމާއެކު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ގޮނޑި ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 48 އިންސައްތަ ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް 40 އިންސައްތަ ވޯޓް ހޯއްދެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް 11 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެެ.
ރައީސް ނަޝީދު މިފަދަ މޭރުމަކުން ޚިޔާލުފުޅެއް ފާޅުކުރަށްވާފައި މިވަނީ ކޯލިޝަންގެ ހުރިހާ ލީޑަރުންނާއި ސަރުކާރުގެ ހުރިހާ ގުނަންތަކުން ނުކުމެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދަން ކުރި މަސައްކަތުގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީއާއި ކޯލިޝަންގެ އެހެން ޕާޓީތަކުން އުފާ ފާޅުކުރަމުންދާއިރު ރައީސް ނަޝީދުގެ އެފަދަ އެއްވެސް ހަރަކާތެއް ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދެވި ނަމަވެސް އިދިކޮޅު ޕީޕީއެމުން ވަނީ މިކަމާއި ދެކޮޅު ހަދާފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމާއި ޖުމްހޫރީ ޕާޓީވެސް މިކަމާއި ދެކޮޅެވެ. މީގެއިތުރުން ރައީސް ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަފުޅު ދެއްކެވުމުން ރައީސް ސާލިހުވެސް ވިދާޅުވެފައި ވަނީ މިވަގުތު އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ނިޒާމު ބަދަލުކުރުމަށްވުރެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު