ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އިންޑިޔާ އައުޓް ހަރަކާތަށް ރައްޔިތުންގެ ތާއިދު އެބައޮތް ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރުން ކާމިޔާބު ކުރުމަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ދިން ރުހުމެއް ކަމަށް އެމްޑީޕީން ގަބޫލުނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރާ މަސަައްކަތުގައި އެންމެ އިންޗި އެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން މަސައްކަތަށް ނުކުންނާނަން، އިރާދަކުރެއްވިޔާ މިއަދު އަޅުގަނޑުމެންގެ ހަރަކާތްތައް މިއަށްވުރެ ވަރުގަދައަށް ޖައްސާނަން. އަަޅުގަނޑުމެންނަށް މިލިބުނު ކާމިޔާބީގައި މި ލިބުނު ހިތްވަރުގައި އަޅުގަނޑުމެން ދާނީ ކުރިއަށް." އިދިކޮޅުގެ ސަޕޯޓަރުން މާޔޫސް ނުވުމަށް އެދިވަޑައިގެން އެ ފަރާތްތަކަށް ހިތްވަރު ދެއްވަމުން ސައީދު ވިދާޅުވިއެެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަަވަމުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތަށް ރައްޔިތުންގެ ތާއިދު އޮތްކަން ދައްކާނެ ކަމަށެވެ. ޝުޖާއު ވަނީ އެ ހަރަކާތަށް ރައްޔިތުންގެ ތާއިދު އޮތްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ސަރުކާރަށް ގޮވާލައްވާފައެވެެ.

ކިޔުންތެރިންގެ ހިޔާލު