ދިވެހިން ތިބީ އިންޑިޔާއަށް ރުހިގެންކަން އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން އެނގިގެން ހިނގައްޖެ ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުޙީގެ މައްޗަށް ކުރި ހޯދައި ސަރުކާރު ހިންގާ މައި ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ހޯދާފައި ވާއިރު އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބޭތިއްބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގަމުން ގެންދާ ހަރަކާތުގެ ހިޔަނި ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ވަރަށް ބޮޑަށް އެޅޭނެ ކަމަށް އޮތީ ބެލެވިފައެވެ.
އެކަމާ ގުޅިގެން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒު އަހުމަދު ހަލީމް ވިދާޅުވީ މިއިންތިހާބު ބުނެދިން އެންމެމުހިއްމު އެއްހަގީގަތަކީ ދިވެހިންތިބީ އިންޑިޔާއަށް ރުހިގެންކަން ކަަމަށެވެ. އަދި ދިވެހިން ތިބީ މަދުބައެއްގެ ފިތުނައަށް ކަނދުރާ އަނބުރާލައި އިންޑިޔާއަށް ފުރަގަސްދޭގޮތަށް ނޫންކަން ނަތީޖާއިން އެގިގެން ދިޔަ ކަމަށާއި، އެއީ އިންޑިޔާގެ ގުޅުމަށް ދިވެހިރައްޔިތުން ބުނި އާ ބަހެއް ކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ އެމްޑީޕީއާއި ރައީސް ސާލިޙާއި މުޅި ސަރުކާރު ދޮރުން ދޮރަށް ހިނގައި ރައްޔިތުންނަށް އެތައް ވައުދެއްް ވެގެން 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވުމުން ލިބުނު ތަރުހީބަށްވުރެ އިންތިޚާބީ މެމްބަރު ރާޝިދު ހޯދި ކާމިޔާބީ ފޮނި ކަމަށެވެ.
ނަމަވެސް އިދިކޮޅުން ބުނަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އިންޑިޔާ އައުޓް ހަރަކާތަށް ރައްޔިތުންގެ ތާއިދު އެބައޮތް ކަމަށެވެ. ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރުން ކާމިޔާބު ކުރުމަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ދިން ރުހުމެއް ކަމަށް އެމްޑީޕީން ގަބޫލުނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރާ މަސަައްކަތުގައި އެންމެ އިންޗި އެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މިއިންތިހާބުބުނެދިން އެންމެމުހިއްމު އެއްހަގީގަތަކީ ދިވެހިންތިބީ އިންޑިޔާއަށް ރުހިގެންކަން؛ މަދުބައެއްގެ ފިތުނައަށް ކަނދުރާ އަނބުރާލާ އިންޑިޔާއަށް ފުރަގަސްދޭގޮތަށް ނޫންކަން. ދިވެހިއިންޑިޔާގެ ގުޅުމަށް ދިވެހިރައްޔިތުން ވިދާޅުވި އާ ބަހަށް އައްސަރިބަހާސާބަސް. މަރުހަބާ ރޖ @ibusolih pic.twitter.com/ureKshbouC
— Mohamed Haleem (@haleembai) February 5, 2022
ނަމަވެސް އިދިކޮޅުން ބުނަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އިންޑިޔާ އައުޓް ހަރަކާތަށް ރައްޔިތުންގެ ތާއިދު އެބައޮތް ކަމަށެވެ. ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރުން ކާމިޔާބު ކުރުމަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ދިން ރުހުމެއް ކަމަށް އެމްޑީޕީން ގަބޫލުނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރާ މަސަައްކަތުގައި އެންމެ އިންޗި އެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު