ނުފޫޒު ފޯރުވައިގެން އިންތިހާބުން މޮޅުވުމަކީ ރީތި ނަމޫނާއެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރު ކެނޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކުރީ ބޮޑެތި ނުފޫޒުތަކެއްގެ ތެރެއިންކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ ‏އެކި ސިފަސިފައިގައި ނުފޫޒު ފޯރުވިގެން އިންތިޚާބުން މޮޅުވުމަކީ މޮޅެއްކަމުގައި ބެލޭނެ ޖަަގައެއް ނެތްކަމަށެވެ. ޒައިދު ވިދާޅުވީ މި އިންތިހާބަށް މުޅި ރާއްޖޭގެ ހުރިހާ މަޝްރޫޢެއް އެއް ދިމާލަކަށް ގެނެވި ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރެވުނުކަމަށެވެ. އަދި މިއީރީތި ނަމޫނާއެއް ނޫންކަމަށާއި، މިއީކުރިން އެކަންކަމާއި ދެކޮޅަށް އަޑުއުފުލެވިފައިވާ ކަންކަންކަމަށް ޒައިދު ވިދާޅުވިއެެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، އެގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދެވެ. އޭނާއަށް ވަނީ 1401 ވޯޓް ލިބިފައެވެ. އަދި ދެވަނައަށް ދިޔަ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބުނީ 1161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ލިބުނީ 323 ވޯޓެވެ.

މިއިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރާއްޖޭގައި މިފަހުން ބޭއްވި އެންމެ ފޯރިގަދަ އިންތިހާބެވެ. އަދި އިންތިހާބާއި ގުނަ ޕްރޮޖެކްޓްތަކެއް ކޮމަންޑޫ ދާއިރާގައި ފެށިނަމަވެސް، އެއީ އިންތިހާބާއި ދިމާކޮށް ނުފޫޒު ފޯރުވުމަށް ހިންގި ކަންކަމެއް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު