އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން ކަމަށް އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިިލެކްޝަންގައި އަދާލަތު ޕާޓީން ތާއިދުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށެވެ. ރާޝިދަށް ތާއިދު ހޯއްދެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އޭނާ އަށް ކެމްޕޭން ކޮށްދެއްވާފައެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އިމްރާނަށް ރިޝްވަތުގެ ތުހުމަތު ކުރަމުން ގެންދާތީ އެކަމަށް އިޝާރަތް ކުރައްވައި ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އިމްރާނާއި ޚިޔާލު ތަފާތުވި ނަމަވެސް ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް އޭނާ ތާއިދުކުރައްވައި ކެމްޕޭނަށް ނުކުމެވަޑައިގަތީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަަށެވެ. އަދި މީހުންގެ ބޮލުގައި ރިޝްވަތުގެ ތުހުމަތު އަޅުވަންވާނީ ސާބިތު ހެކި ހުރެގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"އިމްރާނާ އެކު ދިގު ޒަމާން ތަކެއް ވަންދެން ތަފާތު ތަޖްރިބާތައް ކުރެވިފައިވާ މީހެއްގެ ޙައިޘިއްޔަތުން ދަންނަވަން. އެމަނިކުފާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން. އެއީ ތެދުވެރި އިޚްލާޞްތެރި ބޭފުޅެއް." ރާއްޖޭގެ އެންމެ މޮޅު ތަފްސީރު އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ކުރުމަށް ނިންމީ އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުން ފާސްކޮށްގެންނެެވެ. އެހެން ނަމަވެސް ރާޝިދަށް ތާއިދު ކުރުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގައި ޑރ. އިޔާޒް ވޯޓުދެއްވާފައިވަނީ ރާޝިދަށް ތާއިދުކުރުމާއި ދެކޮޅަށެވެ. އަދާލަތު ޕާޓީގެ ނިންމުމާއި މެދު ހިތްހަމަޖެހިވަޑައިނުގެން އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޝައިހް އަލީ ޒައިދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަޅުގަނޑުގެ އަޚް @ShimranAbއާއި ސިޔާސީގޮތުން ކިތަންމެ ޚިޔާލު ތަފާތުވީނަމަވެސް،އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގައި @MDPSecretariatގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާއި ދެކޮޅު ނަމަވެސް އެމަނިކްފާނު އެކަން ކުރެއްވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލެއް ނުކުރަން.
— Dr.Mohamed Iyaz (@dr_iyaz) February 6, 2022
"އިމްރާނާ އެކު ދިގު ޒަމާން ތަކެއް ވަންދެން ތަފާތު ތަޖްރިބާތައް ކުރެވިފައިވާ މީހެއްގެ ޙައިޘިއްޔަތުން ދަންނަވަން. އެމަނިކުފާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން. އެއީ ތެދުވެރި އިޚްލާޞްތެރި ބޭފުޅެއް." ރާއްޖޭގެ އެންމެ މޮޅު ތަފްސީރު އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ކުރުމަށް ނިންމީ އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުން ފާސްކޮށްގެންނެެވެ. އެހެން ނަމަވެސް ރާޝިދަށް ތާއިދު ކުރުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގައި ޑރ. އިޔާޒް ވޯޓުދެއްވާފައިވަނީ ރާޝިދަށް ތާއިދުކުރުމާއި ދެކޮޅަށެވެ. އަދާލަތު ޕާޓީގެ ނިންމުމާއި މެދު ހިތްހަމަޖެހިވަޑައިނުގެން އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޝައިހް އަލީ ޒައިދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު