ހުޅުމާލޭގައި މާބޮޑު ބޭނުންތަކެއް ނުކޮށް ހުރި ކުދި ހުސް ބިންތަކުގައި ޕާކްތަކެއް ތަރައްގީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ މި ޕާކްތަކަކީ މީހުން ޝައުޤުވެރިވާ އަދި ޑިޖިޓަލް ސިފަތަކެއް ހިމެނޭ ޕާކްތަކެއްކަމަށެވެ. މި ޕާކްތައް ތަރައްގީކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި މާބޮޑު ބޭނުންތަކެއް ނުހިފޭ ގޮތަށް، ދޫކޮށްލާފައިވާ ހުސް ބިންތަކުގައެވެ.
މި މަޝްރޫޢުގެ ދަށުން ޕޮކެޓް ޕާކްތަކެއްގެ ގޮތުގައި ތަރައްގީކުރާ 11 ޕާކެއް ތަރައްގީކުރާއިރު، އެ ޕާކްތަކުގައި އިށީނދެ ތިބެވޭ ގޮތަށް ބެންޗުތަކާއި، ބައިސްކަލް ދުއްވާ ޖާގައާއި، ވައިފައި އަދި ޗާޖިންގ ސްޓޭޝަންވެސް ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކޮންމެ ޕާކެއްވެސް ޑިޒައިންކުރާނީ އެތަނެއްގެ ސައިޒާއި މާހައުލަށް ބަލާފައިކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ޕޮކެޓް ޕާކުތަކުގެ ސަބަބުން މުޖްތަމަޢަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. އެގޮތުން ޕާކްތައް ޑިޒައިންކޮށްފައިވާ ގޮތުން އެކަކު އަނެކަކާއި ބައްދަލުކޮށްލައި، ހިތްހަމަޖައްސާލައި، ކުޑަކުދިން ކުޅެލާނެ ޖާގަ އޮންނައިރު، ޕާކްތަކުގައި ހައްދާ ގަސްތަކުން ތިމާވެއްޓަށް ކުރާނެ ފައިދާތައްވެސް އެޗްޑީސީން ފާހަގަކުރެއެވެ.
އެޗްޑީސީން ބުނީ ޕޮކެޓް ޕާކްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސީއެސްއާރުގެ ނުވަތަ އިޖްތިމާއީ ޒިންމާގެ ދަށުން ކުންފުނިތަކާއި ޖަމުއިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ހުޅުވާލައިގެންކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން ދަނީ ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު ތަފާތު މާހައުލެއް ހުޅުމާލެގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި އެޗްޑީސީން ވަނީ ގިނަ ކުރިއެރުންތަކެއް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު