މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަށާއި މެލޭޝިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމްދަރުދީއާއި ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ ބޮޑުވަޒީރަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މި ހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި، ވަކިވެދިޔަ މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ.
މީގެއިތުރުން، ޢާއިލާއަށް ކުރިމަތިވެފައިވާ މި ބޮޑު ހިތާމައިގެ ވަގުތުގައި، މަރްޙޫމް އީދްރުސް އިބްރާހީމްގެ ފުރާނަފުޅަށް މަޣްފިރަތް ދެއްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއަކީ ޒަމާނުއްސުރެ ގާތް އެކުވެރި އަދި އިސްލާމީ އުޚުއްވަތްތެރި ގުޅުމެއް އޮންނަ ދެ ޤައުމެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު