ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެއެވެ.
މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1100 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން 40.7 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Work on design and build of R. Angolhitheem Harbor is well underway, with overall 80% project progress. Last shipment of rock boulders required for project work have been delivered to the project site on 7 Feb 2022.#MTCCProjects #RayyithungeKunfuni pic.twitter.com/HLEuK4lLOd
— MTCC Plc (@MTCCPlc) February 7, 2022
މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1100 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން 40.7 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު