ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންގެ ކަންބޮޑުވުންތަކާއިމެދު މަޝްވަރާކޮށް، ހައްލެއް ހޯދުމަށް ހާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ.
ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ހާއްސަ ކޮމިޓީއެއް އުފެއްދެވުމަށް ނިންމެވީ، ނަރުހުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއި ނަރުހުންގެ ޖަމުއިއްޔާއާއެކު ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
އެމަޝްވަރާތަކުގައި މާލެއެކޭ އެއްގޮތަށް ރަށްރަށުގައިވެސް ނަރުހުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ހުރިހާ އިދާރާތަކެއް ގުޅިގެން އެކަންކަން ހައްލުކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ނާސިން އެންޑް މިޑްވައިފްރީ ކައުންސިލާއި ހެލްތު މިނިސްޓްރީ އަދި ނާސިން އެސޯސިއޭޝަން ގުޅިގެން މަސައްކަތްކުރާނެ ކޮމިޓީއެއް އުފެއްދުމަށް ނިންމާފައިވާކަމަށް ނަރުހުންގެ ޖަމުއިއްޔާއިން ބުނެއެވެ. އަދި އެކޮމިޓީގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ނިންމާފައިވާކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެއެވެ.
ނަރުހުންގެ ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ ޗީފް ނާސިން އޮފިސަރުގެ މަގާމު އުފެއްދުމާ ގުޅޭގޮތުންނެވެ.
އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ޗީފް ނާސިން އޮފިސަރަކާއި އިތުރު ތިން ސަރަހައްދަކަށް ޗީފް ނާސިން އޮފިސަރެއް އައްޔަންކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ނަރުހުންގެ މުސާރައަށް ކުރިއަށް އޮތް 3 ނުވަތަ 4 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެންނާނެ ކަމަށް ރައީސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

Discussion with minister Naseem and senior officials of MOH with Maldives Nurses Association on areas of collaboration @mna_nurses_ pic.twitter.com/7O2bIEjuIp
— Ministry of Health (@MoHmv) February 6, 2022
ނަރުހުންގެ ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ ޗީފް ނާސިން އޮފިސަރުގެ މަގާމު އުފެއްދުމާ ގުޅޭގޮތުންނެވެ.
އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ޗީފް ނާސިން އޮފިސަރަކާއި އިތުރު ތިން ސަރަހައްދަކަށް ޗީފް ނާސިން އޮފިސަރެއް އައްޔަންކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ނަރުހުންގެ މުސާރައަށް ކުރިއަށް އޮތް 3 ނުވަތަ 4 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެންނާނެ ކަމަށް ރައީސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު